މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިތުރު އަތޮޅުތަކަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް މ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

އެ އަތޮޅުތަކަށް އެލާޓް ނެރެފައި ވަނީ މިއަދު 1:30 އިން ހަވީރު 5:00 އަކަށެވެ. އެ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރިފައިވާއިރު މެޓުން ވަނީ އއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދު 1:15 އިން ހަވީރު 18:00 އަށް އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުގެ ނޮރަ ނަކަރުގެ ވިއްސާރަ އެވެ. މިއީ ހުނޅަގުގެ 17 ވަނަ ނަކަތެވެ.