މޫސުން

މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތަކެއް

ކަނޑުގަދަ ދުވަހެއްގައި ބަޔަކު ކަނޑު ދަތުރުކުރަނީ -- ފޮޓޯ: އަވަސް
100%
0%
0%

ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތަކެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކަނޑުމަތީގެ ހަ ހާދިސާއެއްގެ ރިޕޯޓް ރޭ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ.

އެ ގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345