އައްޑޫ ސިޓީ

އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނާއިޝް
0%
100%
0%

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އައްޑޫގެ ގަމުގެ ދެކުނު ފަރާތު މޫދަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ 10:45 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަނީ ސ. މަރަދޫ، ކުރެންދޫމާގެ މުހައްމަދު ނާއިޝް (18 އ) އެވެ.

ނާއިޝް ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދި ބައެއް އާންމުން ގެންދަނީ އުޅަނދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން ނާއިޝް އަދި ފެނިފައި ނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނާއިޝް މޫދަށް ފޭބިއިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެނގިފައިވެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ނާއިޝް ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ހިނގަމުންދާ ކަމަށެވެ.

ނާއިޝް ގެއްލުނު ސަރަހައްދުން އޭނާ ފެނޭތޯ މަސައްކަތް ކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345