ލައިފްސްޓައިލް

ކައިވެނި ރޫޅާ ނުލާތި، މަޝްވަރާއިން ހައްލު ހޯދޭނެ

ދެމަފިރިންގެ ދޭތެރޭގައި މައްސަލަތައް ދިމާވާނެ އެވެ. އެހީ އޮންނަ ކަމެކެވެ. އެކަމަށް ހައްލެއް ހޯދަން ވާހަކަ ދައްކައިގެން ބޭނުންވާ ހައްލު ހޯދަން މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ދަރިން ލިބޭ ހިސާބުން އުންމީދު ތަކަކާއެކު ކުރާ ކައިވެނި ދެމެހެއްޓޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ މާލީ ގޮތުން ދަތިވި ކަމުގައި ވީނަމަވެސް ވާހަކަ ދައްކައިން ހައްލު ނުކުރެވޭނެ ކަމެއް ނޯންނާނެތީ އެވެ.

ކޮންމެ ދިރިއުޅުމެއްގައި ވެސް ގޮންޖެހުންތައް ދިމާވާނެ އެވެ؛ ބޭނުން ވަނީ އެކަންކަމާ ކުރިމަތިލުމުގެ ހިއްވަރާއި ކެރުމެވެ. މާ އަވަހަށް މާޔޫސްވެ މީހާ ހަލާކުވާ ވަރަށް ވިސްނުން ކޮށިކޮށްލަނީ ގިނަ ފަހަރަށް މީހާގެ އަމިއްލަ އެދުންތަކެވެ. ބައެއް ފަހަރު މާލީ ގޮތުން ދަތި ވާތީ، އިނދެގެން އުޅޭމިހާ އަބަދު ބަލިވާތީ، އުޅެން ޖެހިފައިވާ ދަތި ހާލާ ހެދި އަދި އާއިލާގެ މީހުންގެ އެހީތެރިކަން ނުލިބޭތީ އާއި ވަޒީފާއިން ވަކިވާން ޖެހިގެނާއި ރައްޓެހިން މުހިންމު ވެގެން މީ ބައެއް ކައިވެނިތައް ރޫޅިފައި ހުންނަ ސަބަބުތަކެވެ.

ދަރިން ލިބުމަށް ފަހު އިނދެގެން އުޅޭ މީހާގެ ހަށިގަނޑު މާ ފަލަވާތީ އާއި އެއްގޮތަކަށް ވެސް ކުދިންނަށް ވަގުތު ނުދޭތީ އާއި އަބަދު މަސައްކަތުގައި ނޫނީ ނިދާގަޑީގައި އެކަނި ފެނުން މިއީ ވެސް ހައްލު ނުކުރެވޭ ކަމެއްގެ ގޮތުގައި ބަލައި ދެމަފިރިން ވަކިވާ ފަހަރު އާދެ އެވެ.

ކޮންމެ މީހަކު ވެސް ބޭނުން ވާނީ ރީތި ހަށިގަނޑެއްގެ ވެރިއަކަށްވާށެވެ. ނަމަވެސް މާބަނޑު ދުވަސްވަރުގަ އަންހެންމީހާގެ ހަށިގަނޑައް އެތައް ބަދަލުތަކެއް އަންނަކަން އެނގޭއިރު އެކަން ހަނދާން ނައްތާލައި ޝަކުވާ ކުރެވޭތަން ފެނެ އެވެ. ފަހުން ވާނެ ގޮތަކަށް ވިސްނާ ނުލައި ނޫނީ އަނެކާގެ އިހުސާސްތަކައި ދޭތެރޭ ފިކުރު ކޮށްލުމެއް ނެތި އެވެ.

ދެމީހުންގެ ތަބީއަތް ބަދަލު ކުރުވަން އުޅުން މީވެސް ކައިވެނިތައް ރޫޅެން ދިމަވާ ސަބަބަބު ތަކުގެ ތެރެއިން ސަބަބަކެވެ. އިންދެގެން އުޅޭ މީހާގެ ނުހުންނަ ކަމެއް ގަދަ ކަމުން ހަރުލައްވަން އުޅުމުން އެކަމުން އަނެކާއަށް ދަތި އުނދަގޫ އިސުސާސްތަކެއް ކުރުވަ އެވެ. އަމިއްލަ ނަފްސު އުފާވެރިކަމުން ހިތާމައަށް ބަދަލުވެ އެވެ. މިސާލަކައް ބޭރައްދާން އާދަވެފައި ނުވާ މީހަކު އެކަމަށް ހާނުވަން ފައިވިއްދާފައި ހުރުމުން އެމީހަކު ބަދަލުވާތަން ފެނިގެން ދެއެވެ. އެ ކަމުން ފަހުން ވެދާނެ ގެއްލުމަކަށް ނުވިސްނަ އެވެ. ބައެއް މީހުން ނަށް ނޭނގި ނަމަވެސް ކުރެވޭ މިކަލަހަ ކަންތައްތަކުން އިތުރަށް އެކުގައި އުޅެން ބޭނުން ނުވެގެން ވަރިއާއި ހިސާބައް ދެއެވެ. ނިކަމެތިވެ ދެމަފިރިން ދުރުވުމުން ކުދިންނަށް ލިބޭނެ އުނި ކަމަކަށް ވިސްނައެއް ނުލަ އެވެ.

ވަރަށް މުހިންމު އެއް ކަމަކަށް ވިސްނައި ނުލެވެ އެވެ. އެއީ ޝައިތާނަގެ ވަސްވާސްތަކެވެ. ސައިތާނާގެ ބަހަށް ހެއްލި ޝައްކުތަކުން ހިތާއި ސިކުނޑި ފުރާލާ ފަހަރު ގިނައެވެ. އަންނަ ރުޅިން ކުރެވޭ ނުކުރޭ ކަންކަން ވިސްނާލަން ތަން ނުދެ ވެއެވެ. ސައިތާނާ އެންމެ އުފާވާނެ އެއްކަމަކީ ދެމަފިރިން ދުރު ކުރުވުމެވެ.

މީގެ އިތުރުން ދެމީހެއްގެ ދޭރެތޭ ޖެހޭ މައްސަލަތަކުގެ ތެރެއަށް ދެމީހުންގެ އާއިލާ މީހުންގެ ނުފޫޒުގެ ބާރު ބޮޑުވާ ނަމަވެސް ކައިވެނި ރޫޅޭނެ އެވެ. ދިމާވަ ކުދި ކުދި މައްސަލަތައް އާއިލާގެ މީހުންނާއި ހިއްސާ ކުރުމުން އްލެއް ލިބުމުގެ ބަދަލުގައި އިތުރު މައްސަލަތައް އާދެ އެވެ. އެހީއަކަށް އެދި އަތް ދިއްކޮށްލުމުނުން އެހީގެ ބަދަލު ފޮނިން ހިއްޗަށް ބަދަލުވާން ގިނަ ދުވަސްތަކެއް ނުނަގާ ތަން ފެނެއެވެ. ކިރިޔާ މައްސަލެއް ދިމާވާއިރަށް ވަރި ވުމަކީ ހައްލު ނޫން ކަމުގައި ވިސްނައި ދެނީ މަދުބައެކެވެ.