ދަނގެތީގައި މީހަކު މަރާލުން

އައިޖީއެމްއެޗްގައި ސާލިމަށް ފަރުވާ ދީފި

އއ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރަށް މަރާލިކަމަށް ފުލުހުން ބުނާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އަށް އައިޖީއެމްއެޗްގައި ފަރުވާ ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސާލިމް ފާހަނާގައި އުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު އައިޖީއެމްއެޗްއަށް ގެެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ސާލިމް އައިޖީއެމްއެޗްއަށް ގެންދިޔައީ އޭނާގެ އެއް އަތް ބިނދިގެން ނެވެ.

ސާލިމް ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރަށް ޖަހާފައިވާ އިރު މިއަދު އޭނާގެ ބަންދުގެ މުައްދަތު ހަމަވާނެ އެވެ.

މަހްމޫދު މަރާލާފައި އޮއްވާ މިމަހުގެ 13 ވަނަ ދުވަހު ފެނުނީ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ސާލިމަކީ ދަނގެތީގެ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެ ގޭގައި ހުރި މީހެކެވެ.