ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕްލޭނިން މިނިސްޓްރީއަށް ނައިބަކު އައްޔަންކޮށްފި

Nov 30, 2021
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޕްލޭނިން މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ހ. ރެޖީނާހައުސް، އައިޝަތު ރަޝީދާ އެވެ.

އައިޝަތު ރަޝީދާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މީގެކުރިން އދ.ގެ ޕްރޮޖެކްޓް ތަކުގައި އައިޝަތު ރަޝީދާ މަސައްކަތް ކުރެއްވި އެވެ. އައިޝަތު ރަޝީދާ ވަނީ މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އައިޝަތު ރަޝީދާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ސަންޑަލޭންޑް އިން ބެޗްލާ އޮފް ކޮމްޕިއުޓާ ސްޓަޑީޒް ހާސިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.

ޕްލޭނިން މިނިސްޓްރީގައި އައިޝަތު ރަޝީދާ އެކު މިވަގުތު ހަ ބޭފުޅަކު އެބަތިއްބެވި އެވެ.