ރައީސް އޮފީސް

ދެ މިނިސްޓްރީއަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

Dec 5, 2021
4

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ސިޔާސީ ދެ މަގާމަކަށް ދެ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން މިފަހަރު ދެ ބޭފުޅުން އައްޔަން ކުރެއްވީ ޔޫތު މިނިސްޓްރީ އާއި ހެރިޓޭޖު މިނިސްޓްރީ އަށެވެ.

ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ތޫބާ ރަޝީދެވެ. ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަންކު ރެއްވީ އެމްއެމްއާރުއެމްގެ އަލީ ތޯއިފު އެވެ.

އެގްޒެކެޓިވް ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް 18،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށްޓަކައި 402 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.