އެމްއެންޑީއެފް

ތަމްރީނަކަށް އިންޑިއާގެ އަސްކަރީ ފައުޖެއް ރާއްޖެއަށް

Dec 5, 2021
3

ދިވެހި ސިފައިންނާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާ ފައުޖު މިއަދުގެ ވަގުތެއްގައި ރާއްޖެ އައީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް އެކުވެރިން" ތަމްރީނަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ.

ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 18ގެ ނިޔަލަށެވެ.

ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމާއި ތަޖުރިބާ ހިއްސާކުރުން މި ތަމްރީންގައި ކުރިއަށް ގެންދާނެ އެވެ.

މި ތަމްރީން ޕްރޮގްރާމުގެ މައުލޫމާތު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ދިވެހި އަސްކަރިއްޔާ އިން އަދި މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ.