އެލައިޑް އިންޝުއަރެންސް

ހެލްތު އިންޝުއަރަންސް ލިބޭ ގޮތް ޔަގީންކުރާނެ ގޮތް

Dec 6, 2021

ހަގީގަތާ ކުރިމަތިލަމާ ހިނގާށެވެ. ސިއްހީ ފަރުވާގެ ހިދުމަތުގެ އަގު ބޮޑެވެ. މިއީ މާލީ ގޮތުން އުފުލަންޖެހޭ ބޮޑު ބުރައެކެވެ. ދިމާވި ސިއްހީ މައްސަލައިގެ ވޭނުގެ މައްޗަށް އެޅޭ ވޭނެކެވެ. އަދި ހާއްސަކޮށް ރާއްޖެއިން ބޭރުން ފަރުވާއެއް ހޯދަން ޖެހުމަކީ އިތުރު ވޭނެކެވެ. ސިއްހީ ފަރުވާއަށް ކުރާ ހަރަދުތައް ކުޑަކުރުމަށާއި އެކަމުން ލިބޭ ހިތްހަމަޖެހުން އިތުރުކޮށްލުމަށް ޓަކައި އެންމެ މޮޅު އެއް ފަރުވާއަކީ ހެލްތު އިންޝުއަރަންސް ޕްލޭނެއް ނެގުމެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހެލްތު އިންޝުއަރަންސް ޕްރޮވައިޑަރަކީ އެލައިޑް އިންޝުއަރަންސެވެ. ހެލްތު އިންޝުއަރަންސް ދާއިރާގައި އެންމެ ތަޖުރިބާކާރުވުމުގެ އިތުރުން އެންމެ ބޮޑު ސާވިސް ޕްރޮވައިޑަރުންގެ ނެޓުވޯކު އޮންނަނީ އެލައިޑުގަ އެވެ.

އެލައިޑްގެ އިންޑިވިޖުއަލް އަދި ކޯޕަރޭޓް ހެލްތު އިންޝުއަރަންސް ޕެކޭޖުތަކުން ކަވަރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު އެލައިޑު އިންޝުއަރަންސްގެ ވެބްސައިޓުން ލިބޭނެ އެވެ. އިންޝުއަރަންސް ޕްލޭނެއް ނެގުމަކީ އިންޝުއަރަންސް ކުންފުންޏާއެކު ޕާޓްނަޝިޕެއް އުފެއްދުން ފަދަ ކަމެކެވެ. އޭގައި ދެ ފަރާތުގެ ވެސް ޒިންމާތަކެއްވެ އެވެ. ހެލްތު އިންޝުއަރަންސްގައި މިފަދައިން އޮންނަ އެންމެ ބޮޑު ޒިންމާއަކީ "ކޯއިންޝުއަރަންސް" އެވެ. އެއީ އިންޝުއަރަންސްގެ ހިދުމަތް ބޭނުންކުރާ އިރު ދައްކަންޖެހޭ އަދަދުގެ ކުޑަ މިންވަރަކަށް ޕޮލިސީ ގަތް ފަރާތުން ޒިންމާވުމެވެ.

އެލައިޑްގެ ހެލްތު އިންޝުއަރަންސް ނެޓްވޯކްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ސަރަހައްދުތަކުން އެތައް ސަތޭކަ ހޮސްޕިޓަލާއި ކްލިނިކާއި ފާމަސީ ހިމެނޭ އިރު އެކި އިންޝުއަރަންސް ޕްލޭންތަކާއި ހޯދާ ހިދުމަތްތަކުގެ ކޯއިންޝުއަރަންސްގެ ރޭޓް ކަނޑައަޅާފައިވަނީ ހިދުމަތަށް އެންމެ އުސޫލުންނެވެ. މީގެ އިތުރުން ހެލްތު އިންޝުއަރަންސް ފޯރުކޮށްދެނީ މައިގަނޑު ދެ ބީދައަކުންނެވެ. އެލައިޑްގެ ނެޓްވޯކުގައި ހިމެނޭ ހޮސްޕިޓަލް ނުވަތަ ފާމަސީއިން ސީދާ އެލައިޑް އިންޝުއަރަންސަށް ބިލުކުރާ "ކޭޝްލެސް" އިންތިޒާމާއި އަދި ކަސްޓަމަރު އަމިއްލައަށް ހަރަދުތައް ހަމަޖެއްސުމަށްފަހު ހަރަދުތަކުގެ ރަސީދުތައް އެލައިޑަށް ހުށަހަޅައިގެން "ރީއިންބާސްމަންޓް" ނުވަތަ ރީފަންޑު ހޯދުމުގެ އިންތިޒާމުންނެވެ. ރީއިންބާސްމަންޓް ހިދުމަތަކީ އޮންލައިންކޮށް ކޮންމެ ވަގުތަކުވެސް މައި އެލައިޑު ޕޯޓަލުންނާއި އެލައިޑް އެޕުން ލިބެން ހުންނަ ހިދުމަތެކެވެ.

މިއީ ހޯދުމަށް ލައްކަ މައުލޫމާތު ނަމަވެސް, މި ހުރިހާ މައުލޫމާތެއް ފަސޭހަކަމާއެކު ހޯދައިލެވޭނެ ގޮތެއް އޮވެއެވެ.
ހެލްތު އިންޝުއަރަންސް ނެޓްވޯކުގައި ހިމެނޭ ސާވިސް ޕްރޮވައިޑަރުންނާއި, އެތަންތަނުގެ ކޯއިންޝުއަރަންސް ރޭޓާއި އެތަނަކީ ރީއިންބާސްމަންޓް ނުވަތަ ކޭޝްލެސް ހިދުމަތް ލިބޭ ތަނެއްތޯ ބަލައިލަން އެންމެ ފަސޭހަ ގޮތަކީ އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލްއެވެ. އެ ޕޯޓަލްގައި ހެލްތު އިންޝުއަރަންސް މެނޫއިން "ސާވިސް ޕްރޮވައިޑާސް" އޮޕްޝަން ނެގުމަށްފަހު ތަނުގެ ނަން ނުވަތަ ގައުމު ޖަހާލުމުން އެ ސާޗްއާ ގުޅޭ ސާވިސް ޕްރޮވައިޑަރާއި އެތަނުގެ ކޯއިންޝުއަރަންސް ރޭޓާއި އެއީ ކޭޝްލެސް ނުވަތަ ރީއިންބާސްމަންޓް އިންތިޒާމުގެ ތަނެއްތޯ ޔަގީންކޮށްލެވޭނެއެވެ. މީގެ އިތުރުންވެސް ކްލެއިމް ސްޓޭޓަސް ބެލުމާއި، ޓްރާންސެކްޝަންސްގެ ތަފުސީލު ބެލުން އަދި ޕޮލިސީގެ ލިމިޓް ބެލުން ފަދަ ކަންކަން މިޕޯޓަލް މެދުވެރިކޮށް ކުރެވެއެވެ.

ރާއްޖެއިން ބޭރުގައި ހުރެ "ރީއިންބާސްމަންޓް" އިންތިޒާމުން އިންޝުއަރަންސް ކަވަރޭޖު ހޯދާނަމަ, މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކްލެއިމްކުރެވޭނެ ނިޒާމެއް ވެސް ގާއިމުކުރެވިފައި އޮވެއެވެ. އެލައިޑްގެ ނެޓްވޯކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ތަނަކުން ހިދުމަތް ހޯދުމަށްފަހު ރީއިންބާސްމަންޓް ހޯދުމަށްޓަކައި މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ހިދުމަތުގެ ރަސީދުތައް އަޕްލޯޑުކުރުމުން އެ ރަސީދުތައް ވެރިފައިކުރުމަށްފަހު ރީއިންބާސްމަންޓްގެ ކަންކަން އެލައިޑުން ހަމަޖައްސައިދޭނެއެވެ.

އެލައިޑް އިންޝުއަރަންސްގެ ހިދުމަތްތަކަކީ ނަގަން ފަސޭހަ, އަދި ބޭނުންކުރަން ވެސް ފަސޭހަ ހިދުމަތްތަކެކެވެ. ހިދުމަތް ހޯދުމަށް އެދި ހުށަހަޅަން "މައި އެލައިޑް" ޕޯޓަލް ބޭނުންކުރެވޭ އިރު, އެލައިޑްގެ މައި ވެބްސައިޓު މެދުވެރިކޮށް އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކާ ބެހޭ ތަފްސީލީ މައުލޫމާތު ލިބެން ހުންނާނެއެވެ.