އެލައިޑް އިންޝުއަރެންސް

އެލައިޑްގެ ސްޓޯލަށް ގޮސްގެން އިނާމެއް

Dec 14, 2021

ކަނޑު އުޅަނދު ފަހަރަށް ހާއްސަ ފެއާ "މޯލްޑިވްސް މެރިން އެކްސްޕޯ 2020" ހުޅުމާލޭގައި މިހާރު ވަނީ ފަށާފަ އެވެ. މި އަހަރު ވެސް މި ފެއާގައި ބައިވެރިވި އެއް ކުންފުންޏަކީ ރާއްޖޭގެ އެއްވަނަ އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް އެވެ.

މި ފެއާގައި އެ ކުންފުނިން ސްޓޯލެއް ބަހައްޓާފައިވާއިރު މި ސްޓޯލަށް ދިއުމުން އިނާމެއް ލިބެން މަގުފަހި ވާނެ އެވެ؛ ލިބޭ އިނާމަކީ ކޮބައި ހެއްޔެވެ؟

މެރިން އެކްސްޕޯ އަށް ދާ ނަސީބުވެރިންގެ ތެރެއިން ތިން މީހަކަށް ހަލް އިންޝުއަރެންސް ޕެކޭޖުން ޑިސްކައުންޓެއް ލިބޭނެ އެވެ. އެގޮތުން ތިން ނަސީބުވެރިއަކަށް ހަލް އިންޝުއަރެންސް ޕޮލިސީ އިން 3000 ރުފިޔާ ޑިސްކައުންޓް ލިބޭނެ އެވެ.

ހަލް އިންޝުއަރެންސްއަކީ ކޮބާ؟

ހަލް އިންޝުއަރެންސް އަކީ އޮޑިދޯނި ފަހަރަށް ހާއްސަ އިންޝުއަރެންސް އެކެވެ. މި ސްކީމް ނަގާ މީހުންނަށް އޮޑީގެ އިންޖީނާއި ޖަނަރޭޓަރު އަދި ފެން ޕަންޕްގެ އިތުރުން އޮޑީގެ މުހިންމު އާލާތަށް ކަވަރު ކުރެ އެވެ.