އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއާ ގުޅިގެން ރޯދަ މަހަށް ހާއްސަކޮށް މޮޓޯ ކެމްޕެއިންއެއް ފަށައިފި އެވެ.
އެލައިޑުން ބުނީ މިމަހުގެ އަށަކުން އަންނަ މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭންގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ދޭނެ އެވެ. މި ވައުޗަރުގައި 150،000 ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭ އެވެ.
މި ޕްލޭންއަކީ އެލައިޑް ވެބްސައިޓުން އޮންލައިންކޮށް ރެޑީމްކޮށްގެން ބޭނުން ފަރާތަކަށް ހަދިޔާ ވެސް ކޮށްލެވޭނެ ޕްލޭން އެކެވެ.
މި ޕްރޮމޯޝަންގައި 20 ޕަސެންޓާއި 25 ޕަސެންޓުގެ ބޮޑެތި ޑިސްކައުންޓް ތަކެއް ލިބޭނެ އެވެ. އަދި މޮޓޯ ކެމްޕެއިންގައި ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސް އިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695ރ. އާއި ހަމައަށް ތިރިކޮށްފައިވާއިރު ކާރު، ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ އެންމެ 2,875ރ. އަށް ހެޔޮކޮށްފަ އެވެ.
މި ޕްލޭނުން ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުން، މީހުން ގަސްދުގައި ދޭ ގެއްލުން އަދި މީގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައް ވެސް ކަވަރު ކުރެ އެވެ.
"ރަމަޟާން ކެމްޕެއިނާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެލައިޑް އިންޝުއަރަންސްއިން ފާހަގަކުރެއްވި ގޮތުގައި ކާރުބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވާއެއް އޮތުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ސަރުކާރުން ލާޒިމްކުރާ ތާޑް ޕާޓީ މޮޓޯ ޕްލޭންސްއަކީ ހަމައެކަނި ތިން ވަނަ ފަރާތާއި އެފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރާ ޕްލޭނަކަށް ވުމެވެ. މިއާއި ހިލާފަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށްވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ދެގުނަ ފައިދާ ކުރުވަނިވި ޕްލޭނަކަށް ވުމެވެ،" އެލައިޑުން ބުނެފައިވެ އެވެ.
އެލައިޑުން ބުނީ އަމިއްލަ ޖީބުން ހޭދަކޮށްގެން ނަގާ ޕްލޭންސްއި ން އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ނުލިބޭ ވާހަކަ އަށް ކޮމްޕްރިހެންސިވް މޮޓޯ އަކީ ދާއިމީ ހައްލެކެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ހިދުމަތްތަކާއި ގުޅޭ އެވެއާނަސް އިތުރުކޮށް ހެޔޮއަގުގައި ހުރިހާ ފަރުދުންނަށް ވެސް މިހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެގޮތުން ރައްކާތެރިކަމުގެ ޑަބަލް ލޭޔާއަކާއި އެކު ކުރިޔަށްގެންދާ މިކެމްޕެއިނު މަގުސަދަކީ މަގުމަތީގައި ވެސް އަދި ގޭތެރޭގައި ވެސް ދިވެހި އާއިލާތައް އެކު އެކީ ރައްކާތެރިކޮށް، ރަމަޝާން މަހުގެ އުފާ އަހަރަކަށް ދެމިގެންދާ ގޮތަށް ފޯރުކޮށްދިނުން ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއި އެކު ހޯމް ކޮންޓެންޓް ޕްލޭނެއް ހިލޭ ދޭ އުސޫލުންނެވެ.