މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް އިން ބޭއްވުމަށް ހަމަޖެހިފައިވާ "ސޭންޑީ މިޝަން 2018" ގެ ގޯލްޑް ޕާޓްނަރަ އަކަށް އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފި އެވެ.
މަލަހިނީގެ އިސްނެގުމުގެ މަތިން ބާއްވާ މިދުވުމަކީ އެރިސޯޓުގެ އަހަރީ ދުވަހާއި ގުޅިގެން އެ ފަރާތުން ބާއްވަން ފެއްޓި ދުވުމެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މިދުވުމުން ލިބޭ 100 ޕަސެންޓް ނަފާ ހަދިޔާކުރަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އާންމު ފަރުދުންގެ އެހީއަށް ބޭނުންވާ ޖަމާއަތްތަކަށެވެ. ސޭންޑީ މިޝަން 2017 އިން ލިބިގެންދިޔަ ސާފު ފައިދާ ހަދިޔާކޮށްފައިވަނީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި މެޑިކަލް ރޫމަކާއި ވިޒިޓިންގ ރޫމް އަދި ވަރކަރސް ރޫމެއް އެޅުމަށެވެ. މި ވިސްނުމުގެ ދަށުން މިއަހަރުގެ ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމުގައި މަލަހިނިން މައުލޫމާތު ދެ އެވެ.
ސޭންޑީ މިޝަން 2017 އިން ލިބިގެންދިޔަ ސާފު ފައިދާ ހަދިޔާކޮށްފައިވަނީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި މެޑިކަލް ރޫމަކާއި ވިޒިޓިންގ ރޫމް އަދި ވަރކަރސް ރޫމެއް އެޅުމަށެވެ. މި ވިސްނުމުގެ ދަށުން މިއަހަރުގެ ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމުގައި މަލަހިނިން މައުލޫމާތު ދެ އެވެ.
ކުރީގެ ކުޑަ ބަނޑޮސް މިހާރުގެ މަލަހިނީގައި ބޭއްވި ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ މާކެޓިންގ މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ސޭންޑީ މިޝަންގެ ޕާރޓްނަރަކަށް ވުމަށްއެލައިޑް އިންޝުއަރަންސް ކުންފުންޏަށް ދެވަނަ ފަހަރަށްވެސް ފުރުސަތު ދެއްވި ކަމަށްޓަކައި މަލަހިނީގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ދުވުމަކީވެސް، އާންމުންގެ އެހީތެރިކަމާއި އެކު ކާމިޔާބު ދުވުމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނިއުޝާދު ވިދާޅުވީ އެލައިޑްގެ އިޖްތިމާއީ ޒިންމާ މަސައްކަތްތައް ބްރޭންޑް ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ބައިވެރިވާ މިދުވުމުގައި އެލައިޑް އިންޝުއަރަންސްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ދުވުމަކީވެސް، އާންމުންގެ އެހީތެރިކަމާއި އެކު ކާމިޔާބު ދުވުމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނިއުޝާދު ވިދާޅުވީ އެލައިޑްގެ އިޖްތިމާއީ ޒިންމާ މަސައްކަތްތައް ބްރޭންޑް ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ބައިވެރިވާ މިދުވުމުގައި އެލައިޑް އިންޝުއަރަންސްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.