އެލައިޑް އިންޝުއަރެންސް

އެލައިޑުން ތާޑްޕާޓީ އިންޝުއަރެންސް އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް

Apr 26, 2021

އެލައިޑުން ތާޑްޕާޓީ އިންޝުއަރެންސްގެ އަގު ރޯދަ މަހާ ދިމާކޮށް ހެޔޮކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލައިޑުން ތާޑް ޕާޓީ އިންޝުއަރެންސް ކުރިން ވިއްކަމުން ގެންދިޔައީ 175ރ. އަށެވެ. ނަމަވެސް މިހާރު ފަށާފައިވާ ޕްރޮމޯޝަންގައި މި އިންޝުއަރެންސް 145ރ. އަށް ލިބޭނެ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގެ އިންޝުއަރެންސް ކުރިން 750ރ. އަށް ލިބުނު ނަމަވެސް މިހާރު 475ރ. އަށް ލިބޭނެ އެވެ.

މި އިންޝުއަރެންސަކީ އެކްސިޑެންޓެއް ވުމުން ތިންވަނަ ފަރާތާއި އެ ފަރާތުން އުޅަނދަށް ލިބޭ ގެއްލުމަށް ބަދަލު ލިބިދޭ ޕޮލިސީ އެކެވެ.

އެލައިޑުގެ މި ޕޮލިސީ އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމާއި އޮފީހަށް ގޮސް ވެސް ނެގޭނެ އެވެ. މި އިންޝުއަރެންސް ދައްކަން ޖެހެނީ އަހަރަކު އެއް ފަހަރު އެވެ.

ތާޑްޕާޓީ އިންޝުއަރެންސަކީ ގާނޫނަކުން ލާޒިމް ކުރާ އިންޝުއަރެންސެކެވެ.