ފިލިޕިންސްއަށް އެރި ތޫފާނަކާ ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހިފައިވާ އިރު އެ ގައުމުގަިއ ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕިލިޕީންސްގެ ދެކުނު އިރުމަތީ ސަރަަހައްދަށް އެރި ވަރުގަދަ ތޫފާނުގައި ގަޑިއަކު 195 ކިލޯ މީޓަރަށް ވައިޖެހި ގެތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ތިން މިލިއަނެއްހާ މީހުން މިހާރު ތިބީ ކަރަންޓުގެ ހިދުމަތުން މަހުރޫމުވެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފިލިޕިންސްގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސަލް މެދުވެރުކޮށް ދިވެހި ކިޔަވާ ކުދިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ. އަދި ފިލިޕިންސްގެ ނެޝެނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އަދި މެނޭޖްމަންޓްއާ ގުޅިގެން ދަރިވަރުންނަށް ބޭނުންވާ ފެނާއި ކާނާގެ ބާވަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ތޫފާނާ ގުޅިގެން ނެޓްވޯކްތައް ވެސް މައްސަލަ ޖެހިފައިވާތީ ދިވެހި ދަރިވަރުންނާ އެކުދިންގެ އާއިލާތަކާ ގުޅޭނެ ގޮތްތައް ވެސް ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކަރަންޓުގެ ހިދުމަތުން މަހުރޫމުވެފައިވާތީ ދަރިވަރުންގެ ފޯނުތަކާއި ލެޕްޓޮޕްތަކުން ޗާޖު ކުރެވޭނެ ގޮތެއްވެސް ނެތެވެ.