ހޮލީވުޑް

"ސްޕައިޑަމޭން ނޯ ވޭ ހޯމް" އަށް ބޮޑު އާމްދަނީއެއް

މި މަހުގެ ތެރޭގައި މާވެލްސް އިން ރިލީޒް ކޮށްފައިވާ "ސްޕައިޑަމޭން ނޮވޭ ހޯމް" ބޮޑު އާމްދަނީ އެއް ހޯދަމުން އެބަ ދެއެވެ.

"ސްޕައިޑަމޭން ނޯވޭ ހޯމް" ރިލީޒް ކުރިތާ 12 ދުވަސް ވެފައިވާއިރު މިހާރު އެ ފިލްމަށް ލިބުނު އާމްދަނީ ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރު ވެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައި މިވަރުގެ އާމްދަނީ އެއް ހޯދި ފުރަތަމަ ފިލްމެވެ.

މާވެލް ސްޓޫޑިއޯސް އަދި ސޮނީ ގުޅިގެން އުފައްދާފައިވާ މި ފިލްމު ގައި ޕީޓަ ޕާކާ އަދި އެމްޖޭގެ ރޯލުން ޓޮމް ހޮލާންޑް އަދި ޒެންޑާޔާ ފެނިގެންދާއިރު ޑޮކްޓަ ސްޓްރޭންޖްގެ ކެރެކްޓާއިން ބެނެޑިކްޓް ކަމްބަބެޗް ފެނިގެން ދެއެވެ. ޑޮކްޓަ ސްޓްރޭންޖް ގެ ކެރެކްޓާއިން ފެނިގެންދާ ބެނެޑިކްޓް ކަމްބަބެޗް އަކީ މީގެ ޑޮކްޓަ ސްޓްރޭންޖް މޫވީ ވުޖޫދުގައި ނުވާއިރު ޝާލޮކް ހޯލްމްސް އިން ވިދާލި ތަރިއެކެވެ. ނަމަވެސް ޝާލޮކް ހޯލްމްސް ގައި އޭނާގެ ފަރާތުން ފެނިގެން ދިޔަ ކެރެކްޓާ އާ މިހާރު މާވެލްސް ގެ ޑޮކްޓާ ސްޓރޭންޖް ގެ ކެރެކްޓާ އާއި އަޅާ ކިޔައި ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފު ކުރަމުން ނެވެ.