ހޮލީވުޑް

ޓެރިފަޔާ 3 އަށް ބޮޑު ތަރުހީބެއް

ބިރުވެރި ފިލްމު "ޓެރިފަޔާ 3" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ސިނަމާތަކުގައި މި ފިލްމު ރިލީޒްކޮށްފައިވަނީ މި މަހު 11 ވަނަ ދުވަހު އެވެ.

އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ "ޖޯކާ 2" އަށް ވުރެ ބޮޑު ތަރުހީބެއް ލިބި، އެއްވަނަ ހޯދާފަ އެވެ.

ފުރަތަމަ ހަފްތާގެ ތެރޭގައިވެސް ބޮކްސް އޮފީހުގައި ފިލްމަށް ވަނީ 18.3 މިލިއަން ޑޮލަރު ލިބިފަ އެވެ. އެ މުއްދަތުގައި ޖޯކާ 2 އަށް ލިބިފައިވަނީ ހަތް މިލިއަން ޑޮލަރެވެ.

ޓެރިފަޔާގެ ދެވަނަ ފިލްމު ނެރެފައިވަނީ 2022 ގައެވެ. އަދި އެއްވަނަ ފިލްމު ނެރެފައިވަނީ 2016 ގައެވެ.

ފިލްމުގެ ޑައިރެކްޓަރު ޑޭމިއަން ލިއޯން ބުނީ ފިލްމުގެ ހަތަރުވަނަ ބައެއްވެސް އަންނާނެ ކަމަށެވެ.

މިފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ލޯރެން ލަވޭރާ، މާގަރެޓް އޭން ފްލޮރެންސް އަދި ބްރައިސް ޖޯންސަން ހިމެނެ އެވެ.