މިއުޒިކް

އެންމެ މުއްސަނދި އަންހެން މިއުޒިޝަނަކަށް ޓެއިލާ،، ރިއާނާ ދެވަނައަށް

ޓެއިލާ ސްވިފްޓް
0%
0%
0%

ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މިއުޒިޝަނުންގެ ތެރެއިން އެއްވަނަ އަށް ޓެއިލާ ސްވިފްޓަށް ލިބިއްޖެ އެވެ.

މީގެ ކުރިން އެންމެ މުއްސަނދި އަންހެން މިއުޒިޝަނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އެވެ.

ޓެއިލާއަށް މި ލިސްޓުގައި އެއްވަނަ ލިބުނީ 1.6 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކު އެވެ.

ޓެއިލާގެ މިއުޒިކީ ދާއިރާއަށް އިތުރު ކާމިޔާބެއް ލިބުނީ އެންމެ ފަހުން އޭނާ ކުރިއަށް ގެންދިޔަ ޓުއާ "އެރާސް ޓުއާ"ގެ ސަބަބުންނެވެ.

ޓެއިލާ އަކީ މައިގަނޑު ގޮތެއްގައި ލަވައިގެ ރިކޯޑިންއާއި ލައިވް ޕާފޯމަންސްތަކުން ބިލިއަނަރަކަށް ވީ ހަމައެކަނި މިއުޒިޝަނެވެ.

ޓެއިލާ ބިލިއަނަރަކަށްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އޭނާގެ އެރާސް ޓުއާ އަނެއްކާވެސް މި މަހު 18 ގައި ކުރިއަށް ގެންދިޔުމުގެ ކުރިން ޓެއިލާ ވަނީ ލަވަކިޔުން މިވަގުތަށް މަޑުޖައްސާލާފަ އެވެ.

ލަބަކިޔުންތެރިޔާ ޓެއިލާގެ ފަހުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި މި އަހަރު ނެރުނު "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަލްބަމްގެ ލަވަތައް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910