ހޮލީވުޑް

އެމިނެމްއަށް ކާފަ ދަރިއަކު ލިބެނީ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މާޝަލް ބްރޫސް މަތާސް އާންމު ނަމުންނަމަ "އެމިނެމް" އަށް ކާފަ ދަރިއަކު ލިބޭކަން އިއުލާންކޮށްފި އެވެ.

ރެޕް އާޓިސްޓް އެމިނެމްގެ އަންހެން ދަރިފުޅު ހެއިލީ ޖޭޑްއަށް ދަރިއަކު ލިބޭކަން އިއުލާން ކުރީ އެމިނެމްގެ ލަވަ "ޓެމްޕަރަރީ"ގެ މިއުޒިކް ވީޑިއޯގެ ތެރެއިންނެވެ.

މިވީޑިއޯއިން ފެންނަނީ އެމިނެމްއަށް ހެއިލީ، ކަސްޓަމް ލަޔަންސް ޖާޒީއެއް ދޭ މަންޒަރެވެ. އެ ޖާޒީގައި "ގްރޭންޕާ" ޖަހާފައިވެ އެވެ.

ޖާޒީއާއެކު ހެއިލީއަށް ލިބޭ ދަރިފުޅުގެ އަލްޓްރާސައުންޑް ފޮޓޯއެއް ވެސް ދައްކާލި އެވެ.

މިއުޒިކް ވީޑިއޯގައި ބައްޕައާއި ދަރިފުޅުގެ ހަނދާންތަކާއި ހެއިލީ ކުޑަ އިރުއްސުރެ ކައިވެނި ކުރި ދުވަހާ ހަމައަށް ނަގާފައި ހުރި ބައެއް ފޮޓޯތައް ވެސް ފެނިގެންދެ އެވެ.

ހެއިލީއާއި އޭނާގެ ފިރިިމީހާ އިވާން މެކްލިންޓޮކް ކައިވެނި ކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެެވެ.

އެމިނެމް މީގެ ކުރިން ވަނީ ހެއިލީއާއި އޭނާގެ ދެން ހުރި އަންހެން ދަރިފުޅު އަލައިނާ މަރީއަށް އެމިނެމްގެ މަޝްހޫރު ރެޕް ލަވަ "މޮކިންގް ބާޑް" ހާއްސަކޮށްފަ އެވެ. މިލަވައިގައި ބައްޕައަކު އޭނާގެ އަންހެން ދަރިން ދެކެ ވާ ލޯބި ކިޔައިދީފައިވެ އެވެ.