ކުށްކުރުން

ކުރީގެ އަނބިމީހާއަށް ބިރުދައްކައި ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި

ކުރީގެ އަނބިމީހާއަށް ބިރުދައްކައި ބްލެކްމެއިލް ކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފުތަރު މުހައްމަދު ޒުބައިރު (57 އ) އެވެ.

މުހައްމަދުގެ މައްޗަށް ކުރަނީ ހުއްދަ ނެތި ގޯތިގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ބްލެކްމެއިލް ކުރުމާއި، ބިރުދެއްކުމުގެ ތުހުމަތެވެ.

މުހައްމަދުގެ ބަންދު އަމުރުގައިވާ ގޮތުން ކުރީގެ އަނބިމީހާއަށް ބިރުދައްކައި ބްލެކްމެއިލް ކުރި ކަމުގެ ހެކި ފުލުހުން ވަނީ މުހައްމަދާ ދެކޮޅަށް ހުށަހަޅާފަ އެވެ. އެގޮތުން ހާދިސާގެ ރިޕޯޓާއި، އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން އެހެން ހެކިތައްވެސް ހުށަަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

މުޖުތަަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.