ރ. މަޑުއްވަރީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުގައި ފަރުވާދީފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.