ރޭޕް

މަޑުއްވަރީ ރޭޕް: މީހަކު ހައްޔަރު ނުކުރާތީ ކަންބޮޑުވުން

ރޭޕްއާ ގުޅިގެން މަޑުއްވަރީގައި އިހުތިޖާޖް ކުރަނީ -- ފޮޓޯ: މަޑުއްވަރީ އޮންލައިން
0%
0%
100%

ދާދި ފަހުން ރ. މަޑުއްވަރީގައި ހިނގައި ދިޔަ ރޭޕްގެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާތީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަންހެން ކުއްޖަކު ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާތީ އެ ރަށުގައި މުޒާހަރާއެއް ވެސް ވަނީ ކޮށްފަ އެވެ. އެ މުޒަހަރާގެތެރެއިން ފުލުހުންނާ ކުރިމަތިލި 10 މީހަކު ހައްޔަރުކޮށްފައި ވެސް ވެއެވެ.

"މިހާރުވެސް ހަަމަ ވަރަށް ގިނަ ކޯލްތައް އެބަ ލިބޭ ދާއިރާގެ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި. އަޅުގަނޑު މިހާރު ވާނީ، ރޭޕްގެ އަނިޔާ ލިބުނު ކުއްޖާގެ އާއިލާ، އާ ވެސް ބައްދަލު ކޮށްފައި" ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީގެ ރޭޕްއާ ގުޅިގެން އާދަމް ޝަރީފް ވަނީ އެ މައްސަލަ ބަލައި ދޭން އެދި މަޖިލީހުގެ 241 ކޮމެޓީއަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިން ވެސް ދަނީ މައްސަލަ ބަލަމުން ނެވެ. ފުލުހުންނާއި ޖެންޑާގެ އިސް ބޭފުޅުން ހާޒިރުކޮށް އިއްޔެ އެ ކޮމެޓީ ގެންދިޔައީ ސިއްރުން ނެެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ.

ރޭޕްގެ އަނިޔާ ލިބުނު ކުއްޖާ މިހާރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910