ރޭޕް

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅެއްގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއްގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މީނާގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ކުޑަ ކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ ފުލުހުން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް އަދިވެސް މިފަދަ ބައެއް މައްސަލަތައް ސިއްރުކުރުންވެސް މުޖުތަމައު ތެރޭގައި އޮވެ އެވެ.

ފުލުހުންނަށް މިއަހަރުގެ މިހާތަނަސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ގޮތުގައި 220 މައްސަލަަ ހުށަހަޅާފައިވެ އެވެ.