ރޭޕް

ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ބަލިވެ އިން މައްސަލަ ބަލަނީ

ދެކުނުގެ އަތޮޅެއްގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ކުޑަ ކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ ފުލުހުން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް އަދިވެސް މިފަދަ ބައެއް މައްސަލަތައް ސިއްރުކުރުންވެސް މުޖުތަމައު ތެރޭގައި އޮވެ އެވެ.

ފުލުހުންނަށް މިއަހަރުގެ މިހާތަނަސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ގޮތުގައި 220 މައްސަލަަ ހުށަހަޅާފައިވެ އެވެ.