ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާ އަދި 30 އަހަރުގެ މީހެއް ކަމަށެވެ.
ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަންހެނެކެވެ.
ފުލުހުންނަށް މި މައްސަަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.