ހަބަރު

ޖަމާއަތް ހަދައިގެން ވައްކަންކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

Jul 2, 2020
1
މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން --
0%
0%
0%

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް މުދަލަށް ގެއްލުންދޭ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލާފައިވަނީ މިއަދު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ޝަރުތުތަކަކާއެކު އެވެ. އަަނެއް ފަސް މީހުންގެ ބަންދަށް ވަނީ އަށް ދުވަސް އިތުރުކޮށްދީފަ އެވެ.

މި މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި، އެމީހުންގެ ތެރެއިން ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ ތިން ތަނެއް ބަލައި ފާސްކޮށްފައި ވެ އެވެ. އޭގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި އެރަށައް ދިއުމަށްފަހުއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

އިސްލާމް ދީން ރަގަޅު ގޮތުގައި މީސްތަކުންނާއި ހަމަޔަށް ނުފޯރަނީބާ ރާއްޖޭގައި އިސްމް ދީނަށް އުޅޭތާ އެތަކެއް ސަތޭކަ އަހަރުމިވަނީ !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910