ބްލެކްމެއިލް ކުރުން

ބްލެކްމެއިލް ކުރި "ބޮސް"ގެ ބަންދަށް 15 ދުވަަސް

Sep 25, 2022
4
ހަމްދޫން އަބްދުﷲ: އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލް ކުރުމުގައި އިސްކޮށް ހުރި ކަމަށް ބުނާ މީހާ
0%
0%
0%

އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތައް ރެކޯޑުކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތައް ރެކޯޑުކޮށް، ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކަކީ ހަމްދޫން އަބްދުﷲ (37 އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގައި ހދ. ހަނިމާދޫ އިންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހެކެވެ.

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ހަމްދޫންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 24 އަހަރުގެ މީހާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ރެކޯޑް ކުރި އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުޅުނީ ހަމްދޫން އެވެ.

އަލަމްގީރްގެ ބަޔާންތައް ލީކުވެފައިވާއިރު އެ ބަޔާނުގައި އަލަމްގީރު، ހަމްދޫން ސިފަކޮށްފައިވަނީ "ބޮސް"ގެ ގޮތުގައެވެ.

އަލަމްގީރް މިހާރު ވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

މިތިން ދައުވާއާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އޭނާ އިއްޔެ ވަނީ އިއުތިރާފުވެފަ އެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާތީ ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910