ބަނގުރާ ފުޅިތަކެއް ހިފައިގެން ފިލަން އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ޓަކް ބަހާދުރު ރިލަމީ (34އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ބަހާރު އުދީން (34އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުން ރޭ 10:00 ހާއިރު ހުޅުމާލޭގެ ރީތިގަސް މަގުގެ ކަނެކްޓިން ބުރިޖު ކައިރިއަށް ޑިންގީއެއްގައި އައިސް ފޮށިގަނޑެއް ހިފައިގެން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކުރި ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށް އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައި ފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.