ކުށްކުރުން

ހަ އަހަރު ކުރިން ބެޓެރި ބުރުމާއެއް ވަގަށް ނަގައި ވިއްކާލި މީހަކު ޖަލަށް

ހދ. ނޮޅިވަރަން -- ފޮޓޯ: ޒުވާން މަސްވެރިޔާ
0%
0%
0%

މީގެ ހަ އަހަރު ކުރިން ބެޓެރި ބުރުމާއެއް ވަގަށް ނަގައި ވިއްކާލި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

2019 ވަނަ އަހަރުގެ ނޮވެންބަރު މަހު، އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއާއި ގުޅިގެން ދިވެހި ފިރިހެނަކު ޖަލަށްލާން ހުކުމް ކުރީ މިދިޔަ ރޯދަ މަހު ފަހުކޮޅު އެވެ.

މި ހާދިސާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ބޯޝް ބްރޭންޑްގެ ކުޑަ ބެޓެރީ ބުރުމާއެއް ވަގަށް ނަގައި، އެ ވިއްކާލާފައިވަނީ 100 ރުފިޔާއަށެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާ ލިބުނު މީހާގެ މައްޗަށް ކޯޓުން ހުކުމްކުރީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910