ހޮލީވުޑް

ވިޓްނީ ހިއުސްޓަންގެ މަންމަ މަރުވެއްޖެ

ސިސީ ހޫސްޓަން
0%
0%
0%

ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަންގެ މަންމަ -- އެމިލީ ޑްރިންކާޑް ނުވަތަ މަޝްހޫރު ނަމުން ނަމަ ސިސީ ހިއުސްޓަން މަރުވެއްޖެ އެވެ.

ސިސީ މަރުވެފައިވަނީ ނިއުޔޯކްގައި ހުންނަ އޭނާގެ ގޭގައި އިއްޔެ ވަގުތެއްގައެވެ. އޭނާ މަރުވިއިރު އުމުރުން 91 އަހަރެވެ.

ސިސީ މަރުވެފައިވަނީ ސިކުނޑީގެ ބައްޔެއް ކަމަށްވާ އަލްޒައިމާ ބައްޔަށް ފަރުވާ ކުރަނިކޮށެވެ.

ގްރެމީ އެވޯޑްވެސް ހޯދާފައިވާ ސިސީ އަކީ 70 އަހަރު މިއުޒިކް ދާއިރާގައި މަސައްކަތްކޮށްފައިވާ ހުނަރުވެރިއެކެވެ.

ސިސީގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ތިންކް އިޓް އޯވާ"އާއި، "ނަތިން ކޭން ސްޓޮޕް މީ" އަދި "ފެމިލީ ފަސްޓް" ހިމެނެ އެވެ.

ސިސީގެ އަންހެން ދަރިފުޅު ވިޓްނީ ހިއުސްޓަން ވެސް ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 11ގައި މަރުވެފަ އެވެ. ވިޓްނީ މަރުވެފައިވަނީ 48 އަހަރުގައި އެކްސިޑެންޓެއްގައި ގެންބިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910