މިފްކޯ

ފެލިވަރުގެ ކޮންޓްރޯލް ދޫކޮށްލައި ކޫއްޑޫއަށް އިތުރު މަސް ގަންނަނީ

Jan 2, 2022
1
މިފްކޯގެ ފެލިވަރު ބަނދަރަށް ދޯންޏަކުން މަސް ކިރަނީ -- ފޮޓޯ: އަވަސް
0%
0%
0%

މިފްކޯގެ ފެލިވަރަށް ގަންނަ މަހުގެ ކޮންޓްރޯލް ދޫކޮށްލައި، ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ގަންނަ އަދަދު އިތުރުކޮށްފި އެވެ.

ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ހިސާބުތަކެއްގެ ދޯނިތައް މަސްކިރަން އައުމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ގަންނަންޖެހި ކުންފުންޏަށް ބާރުބޮޑުވުމާ ގުޅިގެން މިފްކޯގެ ބަނދަރުތަކަށް މަސް ކިރުން ކޮންޓްރޯލް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގަންނަމުން ދިޔައީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ނިމުނު ހަފްތާގެ ފަހުކޮޅުން ފެލިވަރަށް މަސް ގަތުމުގައި އެއްވެސް ކޮންޓްރޯލެއް ނުގެންގުޅޭ ކަމަށެވެ. ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިއަދުން ފެށިގެން ކޮންމެ ދޯންޏަކުން ހަ ޓަނުގެ މަސް ކިރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިފްކޯގެ ހުރިހާ ބަނދަރަކަށް ވެސް ކޮންޓްރޯލެއް ނެތި މަސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފައުޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެރިއަރުތަކަށް މަސް ގަނެފައި މިކްސްޑްކޮށް މިބަހައްޓަނީ. އެ ހުރިހާ މަހެއް ކޫއްޑޫ އަށް ބާލާފައި ސޯޓްކޮށް ވަކި ޓެމްޕަރޭޗަރެއްގައި މިޖެހެނީ މަސް ބަހައްޓަން. އެ މަސައްކަތް ކުރަމުން މިދަނީ. ނަމަވެސް ކެޕޭސިޓީ ހުރި ގޮތުން ދަތިތަކެއް އެބަހުރި،" ފައުޒީ ވިދާޅުވި އެެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ކުންފުނިން ގެންދަނީ ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި މިފްކޯ އަށް ވަނީ 378 ޓަނުގެ މަސް އުފުލޭ ބޯޓަކާއި މިފްކޯ އަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް ވެސް ރާއްޖެ ގެނެސްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345