މަސްވެރިކަން

އިއްޔެ 136 ޓަނުގެ މަސް ކިރުވި: މިފްކޯ

އިއްޔެ ރާއްޖެއިން 136 ޓަނުގެ މަސް ކިރުވި ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ އޮޕަރޭޝަންސް މެނޭޖާ އަހުމަދު ޒާހިރު ދާޅުވި ގޮތުގައި ރާއްޖޭގެ ދެކުނުން 65 ޓަނު ކިރުވާފައި ވާއިރު އުތުރުން 71 ޓަނުގެ މަސް ކިރުވި އެވެ. އަދި މި ދުވަސްކޮޅު އެވްރެޖް ގޮތެއްގައި މަސްވެރިކަން ދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްކޮޅު މިއީ އާންމު ގޮތެއްގައި ރާައްޖޭގެ މަސްވެރިކަން ދައް ދުވަސްކޮޅެއް. އެކަމަކު މިދިޔަ އަހަރާ ބަލާއިރު 20 ޕަސެންޓް އިތުރު" ޒާހިރު ވިދާޅުވި އެވެ.

އޮގަސްޓް މަހަށް މަސްވެރިކަން އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ ރޭޓް އެހެން މަސްތަކާ ބަލާ ދައްވި ނަމަވެސް މިފްކޯގެ މަސް ބަންދު ކުރުމުގެ ރޭޓަކަށް ބަދަލެއް ނާދެ އެވެ. އަދި އީދު ޗުއްޓީއާ ގުޅިގެން ވެސް މިފްކޯގެ ޕްރޮޑަކްޓްތައް ލިބުމުގައި ދައްޗެއް ނުވާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖެއަށް ފެތުރި މަސްވެރި ކަމަށް ވެސް ހީނަރުކަން އައިސްފައި ވާއިރު، މީގެ ކުރިން ވަނީ ކޫއްޑޫ އާއި ފެލިވަރުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފަ އެވެ.