ވިޔަފާރި

ބޮޑު ކަންނެލި ކިލޯއެއް 80ރ އާއި 110ރ. ގައި ހިފެހެއްޓިފައި

Jun 21, 2021
އެންސިސް ކުންފުނިން ބޮޑު ކަންނެލި ކިރުވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގައި ބޮޑު ކަންނެލި ގަންނަ ކުންފުނި ތަކަށް ކަންނެލި ކިރުވާ އަގު 80ރ. އާއި 110ރ. އާ ދެމެދުގައި ހިފެހެއްޓި، މަޑުޖެހިލައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އާއްމު ކުރާ ކަންނެލި ގަންނަ އަގުތަކުފެ ފެކްޓް ޝީޓް ދައްކާ ގޮތުން މިއަދު 30 ކިލޯ އިން މަތީގެ ކަންނެލި ކިލޯއެއް ކިރުވާ އަގަކީ 110ރ. އެވެ. އަދި 30 ކިލޯ އިން ދަށުގެ ކަންނެލި ކިލޯއެއް 80ރ. އަށް ކުންފުނި ތަކަށް ގަނެ އެވެ.

ރާއްޖޭގައި ބޮޑު ކަންނެލި ގަންނަން އަށް ކުންފުންޏަކުން ހަރަކާތްތެރިވެ އެވެ. ބީކޭއެމްޔޫގެ މައުލޫތު ތަކަށް ބަލާއިރު 30 ކިލޯއިން ދަށުގެ ކަންނެލި 85ރ. އަށް ގަންނަނީ ހަމައެކަނި ބިގްފިޝް އާއި ސީއެންއެފުންނެވެ.

ރާއްޖޭގައި ބޮޑު ކަންނެލި ގަންނަން ހަރަކާތްތެރިވާ އަށް ކުންފުންޏަކީ ސީސްޕެއާ އާއި އޯޝަން ހަންޓާ އަދި އެންސިސް ފިޝަރީޒްގެ އިތުރުން ބިގްފިޝް އާއި އޯޝަން ފްރެޝް އާއި ސީއެމްއެފާއި ޔޫރޯގްލޯބަލް އަދި ހިންމަފުށީ ކުންފުންޏެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345