މިފްކޯ

މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމް އިން ތެޔޮ ވިއްކަން ފަށައިފި

މިފްކޯގެ ސައިޓުތަކުގައި ތެޔޮ ވިއްކުމަށްޓަކައި މިފްކޯއާއި އެފްއެސްއެމްއިން އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މިފްކޯ
0%
0%
0%

މިފްކޯއިން ހިންގާ ސައިޓުތަކުގައި އެފްއެސްއެމްއިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި އެވެ.

މިފްކޯގެ ސައިޓުތަކުގައި ތެޔޮ ވިއްކުމަށްޓަކައި އެފްއެސްއެމްއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

ތެޔޮ ވިއްކުމަށް ހެދުނު އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު ގަސަމް އެވެ.

މިފްކޯގެ ދެ ސައިޓެއްގައި އިއްޔެއިން ފެށިގެން އެފްއެސްއެމް އިން ވަނީ ތެޔޮ ވިއްކަން ފަށާފަ އެވެ. އެއީ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ.

މިފްކޯއިން ބުނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިވެސް އެފްއެސްއެމްއިން ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް މަސްވެރިންނަށް ފަސޭހަކަމާއެކު ތެޔޮ ގަންނަން ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން މިފްކޯގެ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން މަސް ފިނިކޮށް ރައްކާކުރެވޭނެ އިތުރު އުޅަނދުތަކެއް ގެނައުމުގެ މަސައްކަތްވެސް މިފްކޯއިން މިދިޔަ އަހަރު ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910