އެލައިޑް އިންޝުއަރެންސް

ރޭވި ދަތުރު ކެންސަލްވިޔަސް ގެއްލުމެއް ނެތް

Jan 3, 2022

ކޮވިޑް-19 ގެ ސަބަބުން ގޭގެއާއި ރަށްރަށުގައި ބަންދުވެފައި ތިބެން ޖެހުނު ދުވަސްތައް ފާއިތުވެ ހިނގައްޖެ އެވެ. ވެކްސިންގެ ތިޔާގިކަމާއެކު ހުޅުވާލެވޭ ގައުމުތަކާއި ބޯޑަރުތަކާއި އެއާޕޯޓުތައް ދުވަހެއް ދުވަހަކުން ދަނީ އިތުރުވަމުންނެވެ. ކުޑަ މިންވަރެއްގެ ތަފާތުތަކަކާއެކު ނަމަވެސް އިހުއޮތް ގޮތަށް މިހާރު ދަތުރުފަތުރަށް ދުނިޔެ ދަނީ ހުޅުވެމުންނެވެ. ދިވެހީންގެ ތެރެއިން ވެސް އެތައް ބަޔަކު ޗުއްޓީ އަށް ސްރީލަންކާއަށާއި ދުބާއީއަށާއި ތުރުކީ އަށް ގޮސްފި އެވެ. އަދި ވެސް ދަނީ އެވެ.

ދަތުރު ރާވައި ހުރިހާ ކަމަކާއި ފައިސާ ހަމަޖައްސައި ނިންމާފައި ވަނިކޮށް ކުއްލިއަކަށް ދިމާވާ ކަމަކުން ދަތުރު ކެންސަލްވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ފަދަ ކަމެއް މެދުވެރިވެގެން ދަތުރު ކެންސަލް ކުރަން ޖެހިއްޖެނަމަ އެއީ ބޮޑު ގެއްލުމެކެވެ. އެކަމަކު ޓްރެވަލާސް ޕްލޭނެއް ނަގާފައި އޮތްނަމަ އެ ގެއްލުމުގެ ބުރަ ކުޑަވެ އެވެ.

އެލައިޑްގެ ޓްރެވެލާސް ޕްލޭން ރޭވި ދަތުރު ކެންސަލްވިޔަސް ގެއްލުމެއް ނެތް
ގެ ތެރެއިން ދަތުރުވެރީންނަށް ކަވަރުކޮށްދޭ އެއް ކަމަކީ ދަތުރު ކެންސަލް ކުރަންޖެހިއްޖެނަމަ ލިބޭ ގެއްލުންތަކެވެ. އެގޮތުން މައިގަނޑު ގޮތެއްގައި "ޓްރިޕް ކެންސެލޭޝަން" ގެ ގޮތުގައި ހިމެނެނީ ސިއްހީ ގޮތުން ދިމާވާ ބައެއް ކަންކަމާއި އުފުލަން ޖެހޭ ބައެއް މަސްއޫލިއްޔަތުތަކާ ގުޅިގެން ކުއްލިއަކަށް ދިމާވާ ކަންކަން ފަދަ ސަބަބުތަކެކެވެ.

މިސާލަކަށް ސިއްހީ ހާލަތު ހުރިގޮތުން ދަތުރުނުކުރެވޭނެކަމަށް ޑޮކްޓަރަކު ކަނޑައަޅައިގެން ރޭވި ދަތުރު ކެންސަލްކުރަން ޖެހިއްޖެނަމަ ޕޮލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަދަލު ލިބޭނެ އެވެ. ޝަރީއަތުގައި ހިނގާ މައްސަލައެއްގައި ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރު ވާން އެންގި ތާރީހު ރޭވި ދަތުރުގެ ދުވަސްތަކާ ފުށުއަރާތީ ދަތުރު ކެންސަލް ކޮށްލަން ޖެހުމަކީ ވެސް މި ޕްލޭންގެ ދަށުން ބަދަލު ލިބޭނެ ހާލަތެކެވެ. މީގެ އިތުރުން އަދާކުރާ ވަޒީފާގެ ގޮތުން ކުއްލިއަކަށް ހިދުމަތަށް ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއް ދިމާވެގެން ދަތުރު ކެންސަލް ކޮށްލަން ޖެހިއްޖެނަމަ ވެސް ޕްލޭނުގެ ދަށުން ބަދަލު ލިބޭނެ އެވެ.

މި ހާލަތުގައި ރިއާޔަތް ކުރަނީ ސިއްހީ ހިދުމަތްތެރިން އެމްބިއުލާންސް ހިދުމަތުގައި އުޅޭ ހިދުމަތްތެރީން ސިފައިން ފުލުހުން އަދި ފަޔާފައިޓަރުންނަށެވެ. މީގެ އިތުރުން ތިމާ ނުވަތަ ތިމާގެ ދަތުރުގެ ބައިވެރިޔާ ނުވަތަ ގާތް ތިމާގެ މީހަކު ކުއްލިއަކަށް ހޮސްޕިޓަލުގައި ބާއްވައިގެން ނުވަތަ ނިޔާވެގެން ދަތުރު ކެންސަލް ކުރުމަކީ ވެސް ޕްލޭނުގެ ދަށުން ކެންސަލޭޝަންގެ ބަދަލު ލިބޭ ހާލަތެކެވެ.

އެހެން ނަމަވެސް ޕްލޭނުގައި ކަވަރު ނުކުރާ ކަންކަމުގެ ތެރޭގައި ދަތުރާ މެދު ހިޔާލު ބަދަލުވުން، ވީސާ ނުލިބުން، ޓްރެވަލް ޕްލޭން ނެގުމުގެ ކުރީގައި ވެސް ހިނގާނެކަން އެނގޭ ކަންކަން، އަދި ސިއްހީ ގޮތުން ކުރިމަތިވެފައި ހުރި އަދި ދިގު މުއްދަތަށް ފަރުވާކުރަންޖެހޭ ސަބަބުތައް ހިމެނެ އެވެ.

އެލައިޑް ޓްރެވެލާސް ޕްލޭންއަކީ ގަންނަން ފަސޭހަ ޕްރޮޑަކްޓެކެވެ. ޓްރެވެލާސްއަށް ހާއްސަކޮށްގެން ޑިވެލޮޕްކޮށްފައިވާ ވެބްސައިޓުގައި އޮންލައިން ފޯމެއް މެދުވެރިކޮށް ޕްރޮޑަކްޓް ގަނެލެވޭނެ އެވެ. އެގޮތުން، ދަތުރުކުރާ މަންޒިލާއި ދަތުރުގެ މުއްދަތާއި ދަތުރުވެރިޔާގެ އުމުރު ޖެހުމުން އެ މައުލޫމާތަށް ބިނާކޮށްފައި އެންމެ އެކަށޭނަ ޓްރެވެލާސް ޕެކޭޖު އެލައިޑުން ކަސްޓަމަރަށް ހުށަހަޅާނެ އެވެ. އެލައިޑްގެ ޓްރެވެލާސް އިންޝުއަރަންސަކީ އަގު ހެޔޮ ނަގަން ފަސޭހަ އަދި ލިބޭ ފައިދާއާއި ރައްކާތެރިކަން ވެސް ބޮޑު އޮޕްޝަންތަކެކެވެ.