އެމްޑަބްލިޔުއެސްސީއިން ރ. ދުވާފަރުވައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކޮށްފި އެވެ.
އެގޮތުން ދުވާފަރުގައި 35 ކިލޯ ވަޓްސް ޕަވާ ގެ ސޯލާ ޕަވާ ސިސްޓަމެއް ވަނީ ހަރުކޮށްފަ އެވެ. މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48 ކިލޯ ވަސްޓް ގެ ސޯލާ ޕަވާ ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ އަލަށް ހަރުކުރި ސޯލަ ޕަވާ ސިސްޓަމާއެކު، ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83 ކިލޯ ވަޓްސް ޕަވާ އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ދުވާފަރުގައި އެކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރު ތަކުގައި ދަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުން ނެވެ.
އެގޮތުން، ޖުމްލަ 578 ކިލޯ ވަޓްސް ޕަވާ ގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން އެ ކުންފުނިން ވަނީ ހޯދާފައި ކަމަށެވެ.
އެ މަސައްކަތާއެކު، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.