އެމްއެންޑީއެފް

އެފްއެސްއެމްގެ ތެޔޮ ބާޖެއް ފަރަށް އަރައިފި

Jan 6, 2022
1

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ސިފައިންގެއިން މިއަދު ބުނީ އެފްއެސްއެމް އިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ "މެކުނު" ބާޖް ރޭ ފަރަކަށް އަރާފައިވާ ކަމަށެވެ. ބާޖު ފަރަށް އަރާފައި ވަނީ ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަކަށެވެ.

އެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން މިހާރު އަންނަނީ ކުރަމުންނެވެ. ހާދިސާގައި ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ސިފައިންގެއިން ވަނީ ބުނެފަ އެވެ.