އެމްއެންޑީއެފް

10 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ށ. ވަނގާރުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ދިގުމިނުގައި 75 ފޫޓު ހުންނަ "ނަސްފަރު" ދޯނި އަރާފައިވަނީ ނ. ލޯފަރު ފަރަށެވެ.

އެ ދޯނިން 10 މީހުން ދަތުރުކުރި ކަމަށާއި ދޯނި ފަރަށް އެރީ ރޭ ދަންވަރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.