ކަނޑުމަތީގެ ހާދިސާ

ސްނޯކްލިންއަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ސްނޯކްލިން އަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އިއްޔެ މެންދުރުފަހު 3:35 ހާއިރު ގެއްލިފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަނީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތު ސިންހް ރާވަތު ނަމަކަށް ފިރިހެނެކެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.