އއ. އުކުޅަސް

އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވީ އުޒްބަކިސްތާނަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ.

އޭނާ ގެނބިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:30 ހާއިރު އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މޫދުގައި މަރުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. މިފަދަ ހާދިސާތަކުގައި އެންމެ ގިނައިން މަރުވެފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ.