މޫދުގައި އޮތް ފަތުރުވެރިއެއްގެ ހަށިގަނޑުގައި ލޯންޗަކުން ޖެހި ލިބުނު އަނިޔާތަކާ ގުޅިގެން ފަތުރުވެރިޔާ މަރުވެއްޖެ އެވެ.
ފަތުރުވެރިޔާ މަރުވީ ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލި ކަނޑުއޮޅީގައި ފީނަނިކޮށް އޭނާގެ ގައިމަތިން ލޯންޗެއް ދިޔަ ވަގުތު ގައިގައި ލިބުނު ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އޭނާގެ ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ނިކުމެފަ އެވެ. އަދި ފަޔާ އަތުން ބައެއް ބުރިވެފައިވާ ކަމަށް އެނގިފައިވެ އެވެ.
އެކްސިޑެންޓްވި ލޯންޗް ދުއްވަން އިނީ ތުލުސްދޫ މީހެއް ކަމަށް އެނގިފައިވެ އެވެ.
ސްޕޭންގެ ފަތުރުވެރިޔާގެ މަރުގެ މައްސަލައިގައި އިދާރާތަކުން އަދި އެއްވެސް ނުބުނެ އެވެ.