އެމްއެންޑީއެފް

ބޯޓުން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

އަލިފާން ރޯވި "ހޮޅުދޫ" ބޯޓުން ގެއްލުނު ޒުވާނާ ހޯދަން އެމްއެންޑީއެފް އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާން ރޯވެ އަނދައި އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދަމުން އަންނަނީ ލ. މާވަށް، އަލީ މުޝްފިގު (25 އ) އެވެ.

އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި މުޝްފިގު ހޯދުމަށް އިއްޔެ ސާފަސް ސާޗުގެ ގޮތުގައި 133 އަކަ ނޯޓިކަލް މޭލް ބަލާފައިވެ އެވެ.

ޑައިވްކޮށްގެން 143،880 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު ވައިގެ މަގުން 5،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.

މުޝްފިގު ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯންސްވެސް ދަނީ ބޭނުން ކުރަމުންނެވެ.

"ހޮޅުދޫ" ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން އެ ވަގުތު ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.