އެމްއެންޑީއެފް

ނޫމަރާ ނެރަށް ތެޔޮ ބާޖެއް އުރިއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖެއް ނެރަށް އަރައިފި އެވެ. މި ހާދިސާގައި އެއްމެސް މީހަށް ގެންލުމެއް ނުވެ އެވެ

ސިފައިންގެއިން ބުނި ގޮތުގައި އެ ބާޖު ދަތުރު ކުރަމުން ދިޔައީ ގިނަ އަދަދެއްގެ ފެޓްރޯލް އަދި ޑީސަލް ބަރު ކޮށްގެނެވެ. އަދި ފަސް ފަޅުވެރިންނާ އެކުގަ އެވެ. "މެކުނު" ނަމަކަށް ކިޔާ އެ ބާޖު ނެރަށް އަރާފައި ވަނީ ށ. ނޫމަރާގެ ހުނޅަގު ފަރާތަށެވެ.

ބާޖު ނެރަށް އެރި ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 06:59 ހާއިރު ކަމަށް ސިފައިން ބުނެ އެވެ. އަދި މިހާރު އެމްއެންޑީއެފްގެ ނޮދަން އޭރިޔާ ކޯސްޓް ގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ނެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއެސްއެމްއަކީ 2000 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ މި އަހަރު އާ ހަތަރު ބާޖު ގެނެސްފަ އެވެ.

ބޮޑެތި ތޮޔޮ އުފުލާ ދޯނި ފަހަރު އަދި ބާޖުތައް ނެރަށް އަރާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވަމުން އާދެ އެވެ. އެ ހާދިސާތަކުގައި މީހަކަށް ގެއްލުމެއް ނުވިޔަސް އޮޑިއަށް ގެންލުންތައް ލިބެ އެވެ.