ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ އެގައުމުން ހިފަން ކުރާ މަސައްކަތްތަކުގައި ބެލަރޫސް ބައިވެރިވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރަޝިއާއަށް އެހީތެރިވުމަށް ބެލަރޫސް ތައްޔާރުވަމުން ގެންދާކަން އެ ޑިޕާޓްމަންޓަށް އޮތީ އެނގިފަ އެވެ. އެހެން ނަމަވެސް، އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ބެލަރޫސްގެ ގާނޫން އަސާސީއަށް ގެންނަން ހުށަހަޅާފައި ހުރި ބަދަލުތަކަކީ ރަޝިއާއަށް ފަސޭހަކޮށް ދިނުމަށް ކުރެވޭ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން ބެލަރޫސްގައި ރަޝިއާގެ ހަތިޔާރު ބެހެއްޓުމާއި ޚާއްސަކޮށް ނިއުކްލިއާ ވޯހެޑްތައް ރައްކާކުރަން ރަޝިއާއަށް ހުއްދަދޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ބުނާ ގޮތުން ރަޝިއާ އާއި ބެލަރޫސްގެ ހަރަކާތްތަކަށް އެމެރިކާ ފާރަލާނެ އެވެ. އަދި ގުޅުން ބަދަހިކުރާ ދާއިރާތަކަށް ސަމާލުވާނެ އެވެ.
ޔުކްރޭންގެ ދިފާއުގައި އެ ސަރަހައްދަށް ޖަމާވާ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ސިފައިންނާ ހެދި އުނދަގޫވާ ކަމަށް ބެލަރޫސްގެ ރައީސް، އެލެގްޒެންދަރު ލުކަޝެންކޯ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުން ބީރައްޓެހި ފައުޖުތައް ބެލަރޫސްގެ ބޯޑަސް ވެސް އޮތީ ފުނިޖެހިފަ އެވެ.
ރަޝިއާގެ އަސްކަރީ ފައުޖުތަައް ޔުކްރޭން ބޯޑަރަށް ޖަމާކުރާ މައްސަލާގައި ދުނިޔެ އޮތީ އުދާސްވެފަ އެވެ.
މިކަމުގައި ކަންތައްތައް އެންމެ ބޮޑަށް ގޯސްކުރަނީ އެމެރިކާ އެވެ. އިނގިރޭސިންނާއި ނޭޓޯ ގައުމުތަކުގެ ވެރިންގެ ބޮލަށް ޗިޕްޖަހައިގެން މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާ ގައުމަކީ އެމެރިކާ އެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭން ފުޅަށްބުޑަށް އަސްކަރީ ފައުޖުތައް ފޮނުވަން ޖެހުނީ ނެޓޯ ސިފައިން ރަޝިއާއާ މާބޮޑަށް ކައިރި ވުމުންނެވެ.
ރަޝިއާއާ ގުޅުމެއް ނެތް ފައުޖުތަކެއް ރަޝިއާގެ އިމަށް ވަންނަތަން ބަލަން ނޯންނާނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.