ބެލަރޫސްގައި އިސްކަންދު މިސައިލް ސިސްޓަމެއް ބަހައްޓައި ދެއްވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯއަށް ދަންނަވައިފި އެވެ.
މިސައިލްތައް ފޮނުވަން ދެތިން މަހެއް ނެގި ނަމަވެސް، ބެލަރޫސްގައިވެސް އިސްކަންދަރު މިސައިލް ޑިފެންސް ސިސްޓަމެއް ހުންނަން ޖެހޭ ކަމަށް ޓީވީން ދުރަށް ދެއްކި ބައްދަލުމެއްގައި ޕޫޓިން ވިދާޅުވި އެވެ. ބައްދަލުވުން އޮތީ ލޫކަޝެންކޯއާ އެކު އެވެ.
އިސްކަންދަރު މިސައިލަކީ ތަކުލީފު ތަކަކާ ނުލައި އެއްތަނުން އަނެއްތަނެއް ގެންގޮސް ގެނެވޭ ގޮތަށް އުފައްދާފައި ހުންނަ މިސައިލް ނިޒާމެކެވެ. މި މިސައިލްތައް އެކި ގޮތަށް ބާރުވެރި ކުރުވެ އެވެ.
އިސްކަންދަރު މިސައިލްތަކުގެ އެންމެ ބޮޑު ނުރައްކަލަކީ ނިއުކްލިއާ ވޯހެޑް އުފުލޭ ގޮތަށް ފަރުމާކޮށްފައި ހުރުމެވެ. މިއީ މެދުރާސްތާ މިސައިލްތަކަކަށް ވުމުން ނިއުކްލިއާ ވޯހެޑް ބޭނުންކުރުމަށް ވުރެ ބާރުގަދަ ބެލަސްޓިކް މިސައިލެއް ގޮތަށް ބޭނުންހިފުމުން ދުޝްމަނުންނަށް ލިބޭ އަނިޔާ ކުޑަވެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރުމުގެ އިތުރުން ހަމަލާދޭން ޖެހިދާނެ ކަމަށް ބުނެ ވަނީ ވާހަކަ ދައްކާފަ އެވެ.
އެމެރިކާއަށް ރައްދު ދެމުން ރަޝިއާ އިން ބުނީ ހަމަލާދީފި ނަމަ ރަޝިއާގެ ހަމަލާތައް ފުޅާކުރާނެ ކަމަށާއި ބެލަރޫސްގެ ތެރެއިން ވެސް ހަމަލާ ދޭނެ ކަމަށެވެ.
ބެލަރޫސް އިން ވެސް ވަނީ ޔުކްރޭނަށް އިންޒާރުދީ ރަޝިއާގެ އަވަށަކަށް ހަމަލާއެއް ދީފި ނަމަ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް ބުނެފަ އެވެ. ހަމަލާތައް ބަދަލުކުރުމުގައި ވިސްނައިގެން އުޅުމަށް ބެލަރޫސް ވަނީ ޔުކްރޭނަށް އަންގާފަ އެވެ.