ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާފުށި ޖަލުން 51 މީހަކު ޕޮޒިޓިވް

މާފުށި ޖަލު: އެތަނުގައި ކޮވިޑް ހަލުވި ކަމާއިއެކު ދަނީ ފެތުރެމުން
0%
0%
0%

މާފުށީ ޖަލުން 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަންސް އިން ބުނީ ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 44 ގައިދީއަކު ހިމެނޭ ކަމަށާއި ކޮންޓެކްޓުވެފައިވާ މީހުން ހިމެނޭހެން 210 ގައިދީއަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި އެއް އޮފިސަރަކު ހުރީ ކަރަންޓީނުގަ އެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާފުށި ޖަލު އޮތީ ކުއްލި ހާލަތުގަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް ވަނީ އޮންލައިންކޮށްފަ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910