ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށީ ޖަލު

ކޮވިޑާ ގުޅިގެން ބައެއް ގައިދީން ގެއަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި ކޮވިޑް-19 ހަލުވި ކަމާއިއެކުގައި ފެތުރެމުންދާތީ ބައެއް ގައިދީން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ކަރެންޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ހައިރިސްކު ބައެއް ގައިދީން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ގައިދީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ގެއަށް ބަދަލުކުރި ގައިދީންގެ އަދަދު ހާމަކުރެވެން ނެތް ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ވެސް މިިވަގުތު ހިއްސާކުރެވެން ކަމަށެވެ.

މިހާތަނަށް މާފުށި ޖަލުން 78 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ 66 ގައިދީންނާއި 12 އޮފިސަރުންނެވެ. ކަރެކްޝަނުން ބުނީ 215 ގައިދީން އަދި ތިން އޮފިސަރުން މިހާރު ވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.

ޖަލުގައި ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް ވަނީ އޮންލައިންކޮށްފަ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.