ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުތަކުގައި ކޮވިޑްގެ 49 އެކްޓިވް ކޭސް

މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންގެ ކޮވިޑް ސާމްޕަލް ނަގަނީ: ޖަލުތަކުން ކޮވިޑްގެ 49 އެކްޓިވް ކޭސް ފެނިފައިވާ ކަމަށް ކަރެކްޝަނުން ބުނޭ -- ފޮޓޯ: ކަރެކްޝަނަލް ސާވިސް
0%
0%
0%

ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުލްމަ އަދަދު 47 އަށް އަރައިފި ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަނުން އާންމުކޮށްފައިވާ ޖަލުތަކުގެ ކޮވިޑް ނަންބަރުތަކުން ދައްކާ ގޮތުގައި މާފުށީ ޖަލުގައި 25 ގައިދީއަކަށް ކޮވިޑް ވަނީ ޖެހިފަ އެވެ. އަދި އެއް އޮފިސަރަކުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ޖަލުގައި ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ.

ހުޅުމާލޭ ޖަލުގައި 10 ގައިދީންނަށާއި ހަތަރު އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މާލޭ ޖަލުގައި މަސައްކަތްކުރާ ފަސް އޮފިސަރުން ޕޮޒިޓިވްވެފައިވާއިރު ތިން އޮފިސަރުން ތިބީ ކަރަންޓީނުގަ އެވެ. އަދި އެ ޖަލުން ހަތަރު ގައިދީއަކު ވެސް ޕޮޒިޓިވްވެފައި ވެއެވެ. އަށް ގައިދީއަކު ތިބީ ކަރަންޓީނުގަ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް ވަނީ އޮންލައިންކޮށްފަ އެވެ.

އެކަމަކު ކޯޓުތަކުގައި އޮންނަ އަޑުއެހުންތައް އޮންލައިން ކުރުމާއި ގުޅިގެން އަޑުއެހުންތައް ކުރިއަށް ގެންދަން ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ. އެގޮތުން ޖަލުން ރޭންޖް ދަށްވުމާއި، އޮންނަ ވަގުތަށް ކޮންފަރެންސް ރޫމް ނުލިބުން ފަދަ ކަންކަން ދިމާވެގެން ގިނަ ފަހަރަށް އަޑުއެހުންތައް ކެންސަލް ކުރާން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910