ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ހުޅުމާލެގެ ދެ ސާމްޕަލް ސެންޓަރެއް މިއަދު ބަންދު

ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ: ހުޅުމާލޭގެ ދެ ސާމްޕަލް ކަލެކްޝަން ސެންޓަރެއް މިއަދު ބަންދުވާނެ.
0%
0%
0%

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މިއަދު ބަންދުވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭގެ އެއްވަނަ ރުއްގަނޑާއި ފޭސްޓޫގައި ހިޔާ ފްލެޓްތައް ކައިރީގައި ގާއިމް ކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މިއަދު ބަންދުވާނެ ކަމަށެވެ.

މިއަދު ހުޅުމާލެއިން ސާމްޕަލް ނަގާނީ ހުޅުމާލޭ ހޮސްޕިޓަލުގައި ހިންގަމުން އަންނަ ފްލޫ ކްލިނިކުން އެކަނި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މާލޭ ސަރަހައްދުގައި ޖުމްލަ 8 ސާމްޕަލް ސެންޓަރެއް އެޗްޕީއޭއިން މިހާރު ވަނީ ގާއިމް ކޮށްފަ އެވެ.

އެއީ ހުޅުމާލޭގެ ތިން ސާމްޕަލް ސެންޓަރާއި، ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރާއި، ސޯޝަލް ސެންޓަރާއި، ވިލިމާލެ ފްލޫ ކްލިނިކް ސެނެހިޔާ އަދި ބްރިޖް ކައިރީގައި ގާއިމްކުރި ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.

ހެންވޭރު ދަނޑު ސެންޓަރުން ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން އިރުއޮއްސި 6:30 އަށް ހުޅުވާފައި ހުންނާނެ އެވެ. ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ބްރިޖް ޕާކިން ޒޯނުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ސާމްޕަލް ނަގާނެ އެވެ. ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނަގާނީ މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ. ވިލިމާލޭ ފުލޫ ކުލިނިކުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށް ސާމްޕަލް ނަގާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910