ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އަތޮޅުތަކަށް ދަތުރުކުރާއިރު ރެޕިޑް ޓެސްޓު ބަލައިނުގަންނާނެ

އަތޮޅުތެރެއަށް ދަތުރުކުރާއި ރެޕިޑް ޓެސްޓުގެ ނަތީޖާ ބަލައި ނުގްނާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެެއިން ފެށިގެން ރެފިޑް ޓެސްޓު ހަދަން ފެށި ކަމުގައި ވިޔަސް އަތޮޅުތެރެއަށް ދަތުރު ކުރާއިރު އެ ޓެސްޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށެވެ. އަދިވެސް ދަތުރުކުރުމުގެ ބޭނުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށެވެ.

މީގެ އިތުރުން ކޮންޓެކްޓުންނާއި ކަރަންޓީނު ފުރިހަމަކޮށްފައި ޓެސްޓު ކުރާ މީހުން ވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

“ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓެއް. އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ބައެއް ފަހަރު ރަނގަޅު ނުވެދާނެ.” އޮފިޝަލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަލީގެ އަލާމާތް ނެތް މީހަކު ރެޕިޑް ޓެސްޓުން ނެގެޓިވް ނަތީޖާ ލިބުނަސް ފަހުން ޕީސީއާރް ޓެސްޓެއް ހަދައިގެން ޕޮޒިޓިވް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިއްޔެއިން ފެށިގެން އެޗްޕީއޭއިން ދަނީ ރެޕިޑް ޓެސްޓު ހަދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެމުންނެވެ.

އިއްޔެ މުޅި ރާއްޖެެއިން 2،707 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 1،420 މީހެކެވެ. އަތޮޅުތެރެއިން 761 މީހަކު ޕޮޒިޓިވްވި އެވެ.