ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މި މަހުގެ 10 ވަނަ މަރު، މަރުގެ ނަންބަރު 274 އަށް

ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން: މިއަދުވެސް ދެ މީހަކު ވަނީ މަރުވެފައި
0%
0%
0%

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:53 ގައި މަރުވެފައިވަނީ 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށެވެ. އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. ރޭ މެންދަމު 1:54 ގައި މަރުވެފައި ވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީވެސް ކޮވިޑް ޖެހިގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިއަދުގެ މަރުތަކާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރާފަ އެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އިތުރުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،673 މީހުންނެވެ. މިހާތަނަށް 108،632 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 57 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910